އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިފި

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

އެގައުމުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުން ފަށާފައިވާއިރު، މިފަހަރު ވާދަކުރައްވަނީ އެގައުމުގެ ކުރީގެ ރައީސް، ޑޮނަލްޑް ޓްރަމްޕްއާއި މިހާރުގެ ނައިބު ރައީސް ކާމަލާ ހެރިސްއެވެ.

ޓްރަމަޮަކީ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓެވެ. އަދި ކަމަލާ އަކީ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓެވެ.

އެ ގައުމުގެ ރައީސްގެ މަގާމު ކާމިޔާބުކުރެއްވުމަށް ކެންޑިޑޭޓަކު 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯދަން ޖެހޭއިރު، މި ވޯޓުތައް އެކި ސްޓޭޓުތަކަށް ކަނޑައަޅާފައިވަނީ އެ ސްޓޭޓެއްގެ އާބާދީގެ ނިސްބަތުން ކޮންގްރެސްގައި އެ ސްޓޭޓަކަށް ލިބޭ ތަމްސީލުގެ މައްޗަށް ބިނާކޮށެވެ.

މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މި އިންތިހާބުގައި ކަމަލާ އަށް އާންމުކޮށް ވޯޓުދޭ ސްޓޭޓުތަކުން 226 އިލެކްޓޯރަލް ވޯޓު ލިބޭނެއެވެ. އަދި ޓްރަމްޕަށް 219 އިލެކްޓޯރަލް ވޯޓު ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ޚިޔާލު

އިތުރު ޚަބަރު