އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ އަވަހާރަވެއްޖެއެވެ.
އެމަނިކުފާނު އަވަހާރަވީ ސިއްހީ ހާލުކޮޅު ދެރަވެގެން، މިރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ.
މަންހޯމަން ސިންގ ގެ ސިޔާސީ ހަޔާތްޕުޅުގައި އިންޑިޔާގެ އިގްތިސާދަށާއި އިޖުތިމާއީ ބައެއް ސިޔާސަތުތަކަށް ބަދަލުތަކެއް ގެންނަވާފައިވާއިރު، އެ ގައުމުގެ އިގްތިސާދަށް މިހާރު ފެންނަމުންދާ ކުރިއެރުމުގެ ފަހަތުގައި އޮތީ އެމަނިކުފާނުގެ ބޮޑުވަޒީރު ކަމުގައި އެޅުއްވި ފިޔަވަޅުތައް ކަމަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
އިނގިރޭސިވިލާތުގެ ކޭމްބްރިޖް ޔުނިވަރސިޓީން 1952 ވަނަ އަހަރު އިކޮނޮމިކްސް ދާއިރާއިން ތައުލީމް ހާސިލް ކުރައްވައި، މަންމޯހަން ސިންގ ސިޔާސީ ހަޔާތް ފެއްޓެވީ 1971 ވަނަ އަހަރު، އިންޑިޔާގެ މިނިސްޓްރީ އޮފް ކޮމަރސްގެ އިކޮނޮމިކް އެޑްވައިޒަރގެ މަގާމުންނެވެ.
އުމުރުފުޅުން 92 އަހަރުގެ ސިންގ، އަކީ އެގައުމުގެ ތާރީހުގައި އުފެދުނު އެންމެ މަގުބޫލު އަދި ވަރުގަދަ ސިޔާސީވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަރާތެކެވެ. މަންމޯހަން ސިންގ އެގައުމުގެ ބޮޑުވަޒީރުގެ މަގާމު އަދާކުރައްވާފައިވަނީ 2004 ން 2014 ވަނަ އަހަރާ ހަމައަށެވެ.
މަންމޯހަން ސިންގ އަވަހަރާވިއިރު، އަނބިކަނބަލުންނާއި ތިން އަންހެން ދަރިކަނބަލުން ތިއްބެވިއެވެ.
ޚިޔާލު