2025 ވަނަ އަހަރަށް އެންމެފުރަތަމަ މަރުހަބާ ކިޔާފައިވާ ގައުމަކީ ކިރިބަތި އައިލެންޑާއި މީހުން ދިރިނޫޅޭ 10 ރަށަކަށެވެ.
ކްެރިސްމަސް އައިލެންޑުގެ ނަމުން މަޝްހޫރުވެފައިވާ ކިރިބައްޗާއި ޕެސިފިކް ސަރަހަައްދުގައިވާ މީހުން ދިރިނޫޅޭ 10 ރަށަކަށް އައު އަހަރު ފެށުނީ ރާއްޖެގަޑިން މިއަދު ހަވީރު 3 ޖެހިއިރުއެވެ.
މިހެންދިމާވެފައި މިވަނީ މި ރަށްތަކަކީ ދުނިޔޭގެ ބޭސްލައިން ޓައިމް ޒޯން، ގްރީންވިޗް މީން ޓައިމް (ޖީއެމްޓީ) އަށް ޢަމަލުކުރާ ގައުމުތައް ކަމަށްވާތީއެވެ. އެހެންކަމުން ރާއްޖެއަށްވުރެ 9 ގަޑިއިރުކުރިން އެތަންތަނަށް ވަނީ އައު އަހަރު ފެށި، އުފާފާޅުކުރަން ފަށާފައެވެ.
މީގެއިތުރުން ޓޮންގާ، ނިއުޒީލެންޑް އަދި ސަމޯއާ އިރުމަތީ އޮސްޓްރޭލިއާގެ ބައެއް ސަރަހައްދުތަކަށް ވެސް މިހާރުވަނީ 2025 ވަނަ އަހަރު ފެށިފައެވެ.
އެ ސަރަހައްދުތަކަށް 2025 ވަނަ އަހަރު ކުރިން ފެށުނުއިރު، އައު އަހަރުގެ ފެށުން އެއްމެ ފަހުން އަންނާނީ ހަވާއީގެ ހުޅަނގު ދެކުނުގައި އޮންނަ ބޭކަރ އައިލެންޑާއި ހައުލޭންޑް އައިލެންޑް އަށެވެ. އެގޮތުން ހަވާއީ އަށް އަހަރު ފެށޭނީ ރާއްޖޭގަޑިން މާދަމާގެ މެންދުރުފަހު 3 ޖަހާއިރުއެވެ. އެއީ ޓައިމް ޒޯން ސްޕެކްޓްރަމްގެ އަނެއްކޮޅުގައި އޮންނަ މީހުން ދިރިނޫޅޭ ދެ ރަށެެވެ.
ޚިޔާލު