އެމެރިކާގެ 39 ވަނަ ރައީސް ޖިމީ ކާޓަރު އަވަހާރަވެއްޖެ

އެމެރިކާގެ 39 ވަނަ ރައީސް ޖިމީ ކާޓަރު އުމުރުފުޅުން 100 އަހަރުގައި އަވަހާރަވެއްޖެއެވެ.

އެމަނިކުފާނު އެމެރިކާގެ ރައީސްގެ މަގާމަށް ވަޑައިގެންނެވީ 1976 ވަނަ އަހަރު އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ. އެއީ ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުން، އެގައުމުގެ ރައީސްގެ މަގާމުގައި އޭރު ހުންނެވި ރިޕަބްލިކަން ރައީސް ޖެރަލްޑް ފޯޑުގެ މައްޗަށް ކުރިހޯއްދަވައިގެންނެވެ.

ޖިމީ ކާޓަރ ވަނީ 1977 ވަނަ އަހަރުގެ ޖަނަވަރީ މަހުން 1981 ވަނަ އަހަރުގެ ޖަނަވަރީ މަހާ ހަމައަށް ރައީސްކަން ކުރައްވާފައެވެ.

އެހެންނަމަވެސް ހަތަރު އަހަރު ފަހުން އިންތިހާބީ ބޮޑު ބައްޔަކާއެކު ކާޓަރުގެ ދައުރު ނިމުމަކަށް އައީ ރިޕަބްލިކަން ޕާޓީގެ ވާދަވެރިޔާ، ކެލިފޯނިއާގެ ކުރީގެ ގަވަރުނަރު އަދި ކުރީގެ އެކްޓަރު ރޮނަލްޑް ރޭގަން އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި، ކާމިޔާބު ހޯއްދެވުމުންނެވެ.

ކާޓަރު ވަނީ އޭނާގެ ސިކުނޑިއަށް ފެތުރުނު މެލަނޯމާ ހިމެނޭ އެކި ސިއްހީ މައްސަލަތަކާ ވެސް މިފަހުން ކުރިމަތިލައްވާފައެވެ. އަދި ފައިބެއަހަރުގެ ފެބްރުއަރީ މަހު އިތުރު ބޭސްފަރުވާ ކުރިއަށް ގެންދިއުމުގެ ބަދަލުގައި ހޮސްޕިސް ފަރުވާ ވެސް ވަނީ ހޯއްދަވާފައެވެ.

އޭނާގެ އަނބިކަނބަލުން، ރޯޒްލިން ކާޓަރު ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 19 ވަނަ ދުވަހު 96 އަހަރުގެ އުމުރުފުޅުގައި އަވަހާރަވެފައެވެ.

ޖިމީ ކާޓަރު އަށް ވަނީ 2002 ވަނަ އަހަރު ނޯބަލް ސުލްހައިގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

ޚިޔާލު

އިތުރު ޚަބަރު