ގައުމީ އެއަރލައިންގެ އުދުހުންތައް ސައުތު އެފްރިކާ އާއި ޖަރުމަނަށް

ގައުމީ އެއަރލައިންގެ ދަތުރުތައް ސައުތު އެފްރިކާއާއި ޖަރުމަނުވިލާތައް ފެށުމަށް ތައްޔާރުވާން ފަށައިފިއެވެ.

މިކަން ހާމަކުރައްވާ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އެ ދެގައުމަށް ދަތުރުތައް ފެށުމުން، އެ ގައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށެވެ. އަދި މިއީ ދުރު މަންޒިލްތަކުން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންނަށް ވަގުތު ސަލާމަތްވާނެ ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިދަތުރުތައް މިއަހަރުގެ ތެރޭގައި ފަށަންތައްޔާރުވަމުން އަންނަކަމަށެވެ.

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ފައިބެއަހަރުގެ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު ރާއްޖެ ގެނެސްފައިވާއިރު، މިއީ 264 މީހުންގެ ޖާގައިގެ ބޯޓެކެކެވެ. މި ބޯޓު މިވަގުތު ދަތުރުކުރަނީ ޗައިނާގެ ޗެންޑޫ، ބެއިޖިންގ އަދި ޝަންހާއީއަށެވެ.

އެ އެއަރލައިނުން މިހާރު ވަނީ އޭ330-200 ގެ އިތުރު ވައިޑް-ބޮޑީ އެއަރކްރާފްޓެއް ކުއްޔަށް ހޯދުމަށް ވެސް އިއުލާނުކޮށްފައެވެ.

ރައީީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ފިނޭންސް މިނިސްޓްރީ އާއި އައިލެންޑް އޭވިއޭޝަން އަދި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަރުހަލާތައް ނިމި، މި އަހަރުގެ އޮކްޓޯބަރު މަހުގައި ދެވަނަ ވައިޑް-ބޮޑީ އެއަރކްރާފްޓް އުދުހެން ފަށާނެ ކަމަށެވެ.

ޚިޔާލު

އިތުރު ޚަބަރު